ރޭ ދަންވަރު 3:30 ހާއިރު ހުޅުމާލޭ ފޭސް 2 ގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާގެ ބައެއް އޮފްވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭ ދަންވަރު ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި އެމްޕީއެލްގެ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ރޭ ދަންވަރު 3:20 ހާއިރު ކަރަންޓު ކެނޑުމަށްފަހު އެ ސަރަހައްދަށް ކަރަންޓު ދެވިފައިވަނީ ފަތިހު 4:56ގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުން ގެންދިއުމަކީ މިކުންފުނީގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ." ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު