މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރެއްވި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގާނޫނުގެ ދަށުން އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން، ގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ.
މިއީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ދާއިމީ މެންބަރުން އައްޔަން ކުރެވެންދެން އެ ކޮމިޝަން ހިންގާނެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެކެވެ.
ގާނޫނުގައި ބުނާގޮތަށް މި ކޮމިޓީ އުފައްދާފައިވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންނެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާ ހިންގާނެ ފަސް މެންބަރުންގެ ގޮތުގައި އައްޔަންކުރި މެންބަރުން:
1- އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ
2- އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ
3- އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ
4- އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ
5- އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ)
މީޑިއާ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަންގެ ދާއިމީ މެމްބަރުން އައްޔަން ކުރެވެންދެން އެ ތަން ހިންގާނީ ސީއެސްސީން އައްޔަންކުރާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
އެ ފަސް މެންބަރުން ވާން ޖެހެނީ ސީއެސްސީގައި ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށެވެ.
ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ވަގުތީ ކޮމިޓީއަށް ކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މަސައްކަތްތައް:
- ކޮމިޝަންގެ އިދާރީ މަސައްކަތްތައް
- ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުން
- މީީޑިއާތައް ރަޖިސްޓަރީކޮށްދިނުމަށް ހުށަހާ ހުށަހެޅުންތަަކަށް ގޮތްތައް ނިންމުން
ވަގުތީ ކޮމިޓީއަށް ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން:
ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުން
މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލުކުރުން
ގާނޫނުގައި ވާގޮތުން ވަގުތީ މެންބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވައިލަން ޖެހޭނެއެވެ.
އިބްރާހިމް ޒަކީ
އިރާން
ބޭރު ކުޅިވަރު
އިޓަލީ
ކާބޯތަކެތި