އިންޑިއާގެ ކެރެލާގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ސަލާމަތްކޮށްފިއެވެ.

އޮފިޝަލުން ބުނެފައިވާ ގޮޮތުގައި އެ ކުއްޖާ އޮތީ ޗަކަގަނޑެއްގެ ތެރޭގައި ކަމަށާއި އެކުއްޖާ އުފަންވިތާ 20 ދުވަސް ވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އުއްތަރަ ޕްރަދޭޝްގައި އެކުއްޖާ ފެނިފައިވަނީ ބަކަރި ގެންގުޅޭ މީހަކަށް ކަމަށާއި އޭނާއަށް ތުއްތު ކުއްޖެއް ރޯ އަޑުއިވިގެން އެސަރަހައްދު ހޯދައި އެކުއްޖާ ސަލާމަތް ކުރީ ކަމަށެވެ.

އޮފިޝަލުން ބުނީ އެކުއްޖާ ފެނުމާއެކު އެމީހާ އާންމުންގެ އިތުރުން ފުލުހުންގެ އެހީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ އެއީ އަންހެން ކުއްޖެއް ކަމަށާއި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

ފުލުހުން ވަނީ އެތުއްތު ކުއްޖާ އެސަރަހައްދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުން ވަނީ އެކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފައެވެ.