އެމެރިކާގެ ކުންފުންޏަކާ ގުޅިގެން ޓައިވާނުން މިސައިލެއް އުފައްދައިފިއެވެ.

ޓައިވާނުން އެގައުމުގައި އުފައްދާ ހަތިޔާރު އިތުރުކުރުމުގެ އިތުރުން އެދާއިރާއިން ކުރިއެރުން ހޯދުމުގެ އަޒުމުގައި އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނި އަންޑޫރިލްއާ ގުޅިގެން އުފެއްދި އެ މިސައިލު ވަނީ ބުރާސްފަތި ދުވަހު ދައްކާލައިފައެވެ.

ޓައިވާންގެ ނެޝަނަލް ޗުންގް ޝާން އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން އެމެރިކާގެ އަންޑޫރިލްއާ ގުޅިގެން އުފެއްދި މިސައިލަކީ މަރަކޫޑާ-500 ނަމަކަށް ކިޔާ މިސައިލެކެވެ. އަދި އެއީ އަގުހެޔޮ އަދި އޮޓޯ މިސައިލެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޗައިނާ އާއި ޓައިވާން އިން ސަރަހައްދީ ކަނޑުގެ މައްސަލައިގައި ތަޅާފޮޅަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެމެރިކާއިން ވަނީ ޓައިވާނު ކޮޅަށް އަރައި އެގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް މަސައްކަތް ފަށައިފައެވެ.

ޓައިވާނުން މިސައިލް އުފައްދާފައިވާ އިރު، އެގައުމާއި އެމެރިކާ ކުންފުނިން ވަނީ ކަނޑުއަޑީގެ ޑްރޯނެއް އުފެއްދުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޓައިވާނުން އަލަށް އުފައްދާ މިސައިލުގެ ސަބަބުން އެގައުމަށް ދިފާއީ ބާރުވެރިކަން ހޯދުމަށް ބޭރުގެ އެހީ ލިބޭ ނިސްބަތް ބޮޑުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.