ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރި އިންޑިއާގެ ކެރެއްލާ ސްޓޭޓް އެލާޓަށް ގެނެސްފިއެވެ.
ކެރެލާއިން ފެނިފައިވާ ސިކުނޑިއަށް ޖެހޭ ޕްރައިމަރީ އެމޯއޭބިކް މެނިންގޯއެނެފަލިޓިސިސް ފެތުރެން ފަށާފައިވާއިރު މިހާތަނަށް 69 ކޭސް ރެކޯޑު ކުރެވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ކެރެލާގެ ސިއްހީ އޮފިޝަލުން ވަނީ އެ ސްޓޭޓުން މިހާތަނަށް 69 ކޭސް ފެނިފައިވާކަމަށާއި އޭގެ ތެރެއިން 19 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
ސިއްހީ އޮފިޝަލުން ބުނެފައިވާ ގޮތުގައި، ނައެގްލޭރިއާ ފޯވްލެރީގެ ސަބަަބުން އެބަލި ޖެހޭ މީހާގެ ސިކުނޑި އިންފެކްޝަން ވެ އެހެން ސިއްހީ މައްސަލަތައްވެސް ކުރިމަތިވެއެވެ.
ބަލި ޖެހިގެން ރެކޯޑުކުރެވިފައިވާ މީހުންގެ ތެރޭގައި އުމުރުން ތިން މަހުން ފެށިގެން 91 އަހަރާ ދެމެދުގެ މީހުން ފާހަގަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ކެރެލާގެ ހެލްތު މިނިސްޓަރު ވިދާޅުވީ ޖޯޖް ވިދާޅުވީ މިފަހަރު ފެންނަން ފަށާފައިވަނީ ވަކި ވަކި ކޭސްތަކެއް ކަމަށާއި މިދިޔަ އަހަރު ފެނުނު ގޮތަށް އެއް ކްލަސްޓާއެއްގެ ދަށުން ބަލި މީހުން ފެނިފައި ނުވާކަމަށެވެ.
އިންޑިއާގެ ނެޝަނަލް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލާއި ކެރެލާގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ބަލި ދިރާސާކޮށް މޮނިޓާ ކުރުމުގެ މަސައްކަތް ފަށާފައެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ