ދުނިޔޭގެ އެންމެ ދިގު ފްލައިޓު ދަތުރު ފަށަން ޗައިނާއިން ތައްޔާރުވެއްޖެއެވެ.
މި ދަތުރުތައް ފަށަން ތައްޔާރުވެފައި ވަނީ ޗައިނާގެ ޗައިނާ އީސްޓަން އެއާލައިންސް އިންނެވެ. މި ދަތުރުކުރުމަށް އާ މަގެއް (ރޫޓެއް) ތައާރަފުކޮށް ޓިކެޓު ވިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ޗައިނާ އީސްޓަން އެއާލައިންސް އިން ދަތުރު ފަށަން ހަމަޖެހިފައިވަނީ ޗައިނާގެ ޝަންހާއީގައި ހުންނަ ޕޫޑޮން އިންޓަނޭޝަނަލް އެއާޕޯޓުން އާޖެންޓީނާގެ ވެރިރަށް ބޫނޯއޭރީސްގެ މިނިސްޓްރޯ ޕިސްޓަރީނީ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް އޮފިޝަލުން ބުނެއެވެ.
މި ދަތުރުގެ ދިގުމިނަކީ ޗައިނާއިން އާޖެންޓީނާއަށް ގާތްގަނޑަކަށް 25.5 ގަޑިއިރު ކަމަށާއި އާޖެންޓީނާއިން ޗައިނާއަށް ގާތްގަނޑަކަށް 29 ގަޑިއިރު ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި، މި ދަތުރުގައި ނިއުޒިލެންޑުގެ އޯކްލެންޑުގައި ޓްރާންސިޓް ކުރުމަށް ހަމަޖެހިފައިވެއެވެ. ޓްރާންސިޓުގައި ދެގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭކަމަށް ވެސް ބުނެފައިވެއެވެ.
ޗައިނާ އީސްޓަން އެއާލައިންސް އިން ވަނީ ހަފުތާއަކު ދެ ދުވަހު އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވާ މި ދަތުރު ފަށަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައެވެ. އަދި މިހާރު އެ އެއާލައިނުން ޓިކެޓު ވިއްކަން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް