"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލު)، ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން ކުރިއަށްގެންދާ އިހުތިޖާޖުން ނޫސްވެރިޔަކު ހައްޔަރުކޮށްފިއެވެ.
އެ ބިލު ފާސްކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް މިއަދު ތާވަލުކޮށްފައިވާ އިރު، މިއަދު ހެނދުނުން ފެށިގެން ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީ ނޫސްވެރިން ގެންދަނީ އިހުތިޖާޖުކުރަމުންނެވެ.
ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، ނޫސްވެރިޔާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނޫސްވެރިންގެ އިހުތިޖާޖު މަޖިލިސް އިދާރާ ކުރިމަތިން ފެށި ނަމަވެސް، ފުލުހުން ވަނީ މަޖީދިއްޔާ ސްކޫލު ދޮރުމައްޗާ ހަމައަށް ނޫސްވެރިން ފަހަތަށް ޖައްސައިފައެވެ. ނަމަވެސް ނޫސްވެރިންގެ އިހުތިޖާޖު އަދި ހުއްޓާލައިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފުރަތަމަ ފާސްކުރީ އިއްޔެއެވެ. އެއަށްފަހު މިއަދު އިތުރު ބައްދަލުވުމެއް ބާއްވައި، ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތައް ހިމަނައިގެން ބިލު އަލުން ފާސްކުރިިއެވެ.
އެ ބިލާ މެދު ގޮތެއް ނިންމުމަށް އެޖެންޑާކޮށްފައިވަނީ މިއަދު ހަވީރު ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ.
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި