ގއ. ވިލިގިލީގެ އެކި ފިހާރަތަކުން ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހައްޔަރުކުރީ ގ. ރޯޒީ/ މާލެ، މުހައްމަދު ޝާރިފް (37އ) އެވެ.
އޭނާ ހައްޔަރުކުރީ ވިލިނގިލީ އެކި ފިހާރަތަކުން ތަކެތި ގަނެ، އޮންލައިންކޮށް ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕް ފޮނުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
އެކި ފިހާރަތަކުން 1500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާ ކަމަށް ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަށް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް