ފ. ނިލަންދޫން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 10:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް އެ ކުއްޖާގެ ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ. އެ ކުއްޖާގެ ވަނަވަރާއި ފޮޓޯ، ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.