ކ. މާފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ކޮންކްރީޓް ބްރިޖުގެ އިންސްޓޯލް ކުރުމުގެ 45 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ މާފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ބްރިޖް ކައިރީގައި ރޮކް ބޯލްޑާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރު އެ ތަނުގައި ކުރަމުންގެންދާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން، މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ޖެނުއަރީ 23 ގައެވެ. އެ މަޝްރޫގެ އަގަކީ 82،599،660.39 މިލިޔަން ރުފިޔާއެވެ.

7 ސެޕްޓެމްބަރު 2025: ކ. މާފުށީ ބަނދަރު ކޮންކްރީޓް ބްރިޖުގެ އިންސްޓޯލްކުރުން --- ފޮޓޯ/ އެމްޓީީސީ

އެ މަޝްރޫއުތެރޭ ހިމެނޭ މަސައްކަތްތައް:

  • ބަނދަރު ބޭސިން އާއި ޗެނަލް ޑްރެޖިން ކުރުން.
  • ކުރީގެ ބަނދަރު ބެލެހެއްޓުންޕޭވްމަންޓް ހެދުން.
  • ބްރޭކްވޯޓާ އެޅުން.
  • ރިވެޓްމަންޓް ހެދުން.
  • ކުއޭ ވޯލް އެޅުންބަނދަރު ބައްތި ޖެހުން.
  • ސްކޯ އޭޕްރަން ހެދުން.
  • މޫރިން ބޮއި، ރޭމްޕް އަދި ސިޑި، ކަނެކްޓިވިޓީ ބްރިޖާއި ކޮންކްރީޓް ޖެޓީ އެޅުން.