'ސްޓޫޑެންޓް އޮފް ދި އިޔަރ' ފްރެންޗައިޒްގެ ތިންވަނަ ބަޔަށް ޝަނާޔާ ކަޕޫރު ކާސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެ ކުރީގެ ބައިތައް ފިލްމުތަކެއްގެ ގޮތުގައި ނެރެފައިވީ ނަމަވެސް، މި ބައި ނެރެން ހަމަޖެހިފައިވަނީ ވެބް ސީރީޒެއްގެ ގޮތުގައެވެ.
ހަބަރުތައް ބުނާ ގޮތުގައި، ޝަނާޔާ މި ސީރީޒްގައި ޑަބަލް ރޯލު ކުޅޭނެއެވެ. ރީމާ މާޔާ ޑައިރެކްޓް ކުރާ މި ސީރީޒްގެ ޝޫޓިން އަންނަ އަހަރުގެ އޭޕްރިލް 20 ގައި ފަށާނެއެވެ.
ޝަނާޔާގެ ފިލްމީ ދުނިޔޭގެ ފުރަތަމަ މަސައްކަތް މި އަހަރު ފެނިގެން ދިޔައީ 'އާންކޯން ކީ ގުސްތާކިޔާން' އިންނެވެ. މި ފިލްމުގައި އޭނާ ފެނުނީ ވިކްރާންތު މަސީއާ އެކުއެވެ.
ފިލްމުގެ ވާހަކަ ހާއްސަ ނަމަވެސް، ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބެއެވެ. ޝަނާޔާގެ އެކްޓިންއަށް ވެސް މާ ބޮޑު ތައުރީފެއް ލިބިފައެއް ނުވެއެވެ. 'އާންކޯން ކީ ގުސްތާކިޔާން' މިހާރު އޯޓީޓީ އިން ބަލަން ލިބޭނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް