"ދަމާލް" ފިލްމު ސީރީޒްގެ ހަތަރުވަނަ ފިލްމު "ދަމާލް 4" ގެ ޝޫޓިން ނިމިއްޖެ އެވެ. މި ފިލްމު ނެރެން ހަމަޖައްސާފައިވަނީ 2026 ވަނަ އަހަރުގެ އީދާ ދިމާކޮށެވެ.
އިންދްރާ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމުގައި އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ، އަދި ޖާވީދު ޖާފެރީ ފަދަ ތަރީން އަނބުރާ އަންނައިރު، ރަވީ ކިޝަން، ސަންޖޭ މިޝްރާ، އުޕެންދްރާ ލިމާއޭ، އީޝާ ގުޕްތާ، ސަންޖީދާ ޝެއިޚް އަދި އަންޖަލީ ދިނޭޝް އާނަންދު ވެސް ފެނިގެންދާނެއެވެ.
ޓީ-ސީރީޒްއިން އުފައްދާ މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި އަޖޭ ދޭވްގަން، ބޫޝަން ކުމާރު، ކްރިޝަން ކުމާރު، އަޝޯކް ތަކޭރިއާ، އިންދްރާ ކުމާރު، އާނނަދު ޕަންޑިޓް، އަދި ކުމާރު މަންގަތު ޕަތަކް ހިމެނެއެވެ.
މި ސީރީޒް ފެށިފައިވަނީ 2007 ވަނަ އަހަރު ނެރުނު "ދަމާލް" ފިލްމުންނެވެ. އެއަށްފަހު "ޑަބަލް ދަމާލް" (2011) އަދި "ޓޯޓަލް ދަމާލް" (2019) ނެރިފައިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް