ވޯލްޑް ކްލީންއަޕް ޑޭގެ ހަރަކާތްތައް ރާއްޖޭގައި މި އަހަރު ބ. ކަމަދޫގައި ބާއްވަން ނިންމައިފިއެވެ.
އެ ހަރަކާތް ރާއްޖޭގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިން ބުނިގޮތުގައި މި އަހަރުގެ ހަރަކާތް ކުރިއަށް ގެންދާނީ މި މަހު 20 ގައެވެ.
ވޯލްޑް ކްލީއަންއަޕް ޑޭގައި މިދިޔަ އަހަރުވެސް ރާއްޖޭން ވަނީ ބައިވެރިވެފައެވެ. 20،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ހަރަކާތް ރަސްމީކޮށް ކުރިއަށް ގެންގޮސްފައިވަނީ ކ. ދިއްފުށީގައެވެ.
"ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ވޯލްޑް ކްލީންއަޕް ޑޭގައި ދުނިޔޭގެ އެތައް ގައުމަކުން އެތައް ހާސް ބަޔަކު ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ.
އާއިޝަތު މާހާ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު