ލަންކާގައި މީހަކު ފުލުހުންގެ ހައްޔަރުން ސަލާމަތްވުމަށް ރަން ފަށެއް ދިރުވާލައިފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއްޔެ ހިނގި އެހާދިސާގައި އަންހެނެއްގެ އަތުން ރަން ފަށެއް ފޭރުމަށްފަހު އެފަށް ދިރުވާލި މީހާ ވަނީ ހައްޔަރުކޮށްފައެވެ.
އޮފިޝަލުން ވަނީ އެމީހާ އެއަންހެން މީހާގެ ފަށާއި ފޯނު ފޭރުމަށްފަހު ފިލާފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ މަސައްކަތުން އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުން އޭނާ ވަނީ އެކަން ނުކުރާ ކަމަށް ބުނެ ސަލާމަތް ވުމަށް މަސައްކަތް ކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ވަނީ އެމީހާ ހައްޔަރު ކުރުމަށްފަހު ތަހުގީގަށް އެކްސްރޭ ނަގައިފައެވެ. އަދި އޭނާގެ މައްސަލަތައް ބެލުމުން އޭނާ އަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްފަައި ހުރި މީހެއް ކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
ކޮލަމްބޯގެ ނަވަލަޕިޓިއާގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހާ ބަންދު ކުރުމަށާއި އެފަށް ހޯދުމަށް އަމުރުކޮށްފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް