ބައިނަލްއަގުވާމީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި ކުދި ޖަޒީރާ އަދި ތަރައްގީވަމުންދާ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު މިހެން ގޮވާލެއްވީ މިއަދު ޗައިނާގެ ޓިއަންޖިންގައި ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ކެރިފޯރުންތެރި އަދި ކުރިމަގަށް ވިސްނާ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، ޗައިނާއާއެކު އޮތް ދުރު މާޒީގެ ރަހުމަތްތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހަދާފައިވާ އެއްބަސްވުންތަކާއި "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން އެޖެންޑާގެ ބަދަލު ގެނައުމުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން ދެމުންދާ ދެމެހެއްޓެނިވި ތާއީދު އަލުން ތަކުރާރުކޮށް، ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވުމަށް ގޮވާލެއްވިއެވެ.
"އެސްސީއޯ ޕްލަސް" ބައްދަލުވުމަކީ އެސްސީއޯގެ މެމްބަރު ގައުމުތަކާއި، ޕާޓްނާ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތައް އެއްތަނަކަށް ގެނެސް، ސަލާމަތީ، އިގުތިސޯދީ އެކުވެރިކަމާއި، ދުނިޔޭގެ ވެރިކަން ހިންގުމުގައި ހުރި އާންމު ގޮންޖެހުންތަކާ ކުރިމަތިލުމަށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.
އާއިޝަތު މާހާ
މަސްވެރިން
ރިޕޯޓް