ޓައިގަރ ޝްރޮފްގެ އެކްޝަން ތްރިލަރ ފިލްމު 'ބާޣީ 4' ގެ ޓްރެއިލާ ނެރެފިއެވެ. އެއީ އެކްޝަން، އަނިޔާވެރިކަން އަދި ލޭއޮހޮރުވުން ގިނަ ޓްރެއިލާއެކެވެ.
ޓްރެއިލަރ ފެށެނީ ޓައިގަރގެ ކެރެކްޓަރ (ރޮނީ) ބިރުގަންނަ ވިލަންތަކަކާ ހަނގުރާމަކުރާ މަންޒަރުތަކުންނެވެ. ސަންޖޭ ދަތް، ފިލްމުގެ ވިލަންގެ ގޮތުގައި ތައާރަފުކުރެވެއެވެ. ރޮނީއަކީ ނަފްސާނީ ގޮތުން ހަމަނުޖެހޭ މީހެއްކަމަށް ދައްކާއިރު، އޭނާގެ ލޯބިވެރިޔާ އަލީޝާ (ހަރްނާޒް ސަންދޫ) މަރުވެފައިވާކަމަށް އޭނާ ގަބޫލުކުރެއެވެ. ނަމަވެސް އެހެން މީހުން ބުނަނީ އަލީޝާއަކީ އޭނާގެ ހިޔާލުގައި އުފެދިފައިވާ މީހެއް ކަމަށެވެ. އެހެންނަމަވެސް، ފަހުން ސަންޖޭ ދަތް އަލީޝާ ހައްޔަރުކޮށްގެން ހުރި މަންޒަރު ފެނުމުން، އޭނާ އަސްލު ވުޖޫދުގައި ހުރެދާނެ ކަމަށް ލަފާކުރެވެއެވެ.
އަނިޔާވެރި ގޮތަކަށް ވައްޓާލުމާއި، ބޯ ބުރިކުރުމާއި، ހަށިގަނޑަށް އެއްޗެހި ހެރުން ފަދަ މަންޒަރުތައް ޓެރެއިލާގައި ހިމެނެއެވެ. މި ފިލްމުގެ ޓީޒަރަށް ފޭނުންގެ ފަރާތުން ތަފާތު ރައްދުތަކެއް ލިބިފައިވެއެވެ. ބައެއް މީހުން ޓައިގަރގެ އެކްޝަނަށް ތައުރީފުކުރިއިރު، އަނެއްބައި މީހުންނަށް ފިލްމުގެ ސިފަތައް ރަންބީރު ކަޕޫރުގެ 'އެނިމަލް' އާ ވަރަށް އެއްގޮތެވެ.
މި ފިލްމުގައި ޓައިގަރ ޝްރޮފް، ހަރްނާޒް ސަންދޫ، ސަންޖޭ ދަތް، ސޯނަމް ބަޖްވާ، ޝްރެޔާސް ތަލްޕާޑޭ އަދި ސައުރަބް ސަޗްދޭވާ ފަދަ ތަރީން ހަރަކާތްތެރިވެއެވެ.
މިއީ 'ބާޣީ' ސިލްސިލާގެ ހަތަރުވަނަ ފިލްމެވެ. މި ސިލްސިލާ ފެށުނީ 2016 ގައި 'ބާޣީ' އިންނެވެ. 'ބާޣީ 3' ކޮވިޑް-19ގެ ސަބަބުން ސިނަމާތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ބޮކްސް އޮފީހުގައި އެހާ ކާމިޔާބެއް ނުލިބުނެވެ. 'ބާޣީ 4' ގެ ވާހަކަ އާއި ސްކްރީންޕްލޭ ލިޔެފައިވަނީ ސާޖިދް ނަދިޔާދްވާލާ އެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ އޭ. ހަރްޝާއެވެ. ސާޖިދް ނަދިޔާދްވާލާ ޕްރޮޑިއުސްކުރާ 'ބާޣީ 4' ސިނަމާތަކަށް ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރ 5 ގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް