އިނގިރޭސިވިލާތުގެ ގްލޯބަލް ޑިފެންސް އެގްޒިބިޝަނުން އިސްރާއީލު ބޭންކޮށްފިއެވެ.
އިނގިރޭސިވިލާތުން ނިންމާފައިވަނީ، އެގައުމުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިފެންސް އެގްޒިބިޝަން ''ގްލޯބަލް ޑިފެންސް އެގްޒިބިޝަން'' ގައި ބައިވެރިވުމަށް އިސްރާއީލާއި އެގައުމުގެ ސަރުކާރުގެ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަށެވެ.
އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި އަންނަ މަހު ލަންޑަނުގައި ބާއްވާ އެ އެގްޒިބިޝަނަށް އިސްރާއީލު ބޭން ކޮށްފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ މިލިޓަރީ ހަރަކާތްތަކުގެ ސަބަބުންނެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން ވަނީ އިނގިރޭސިވިލާތުގެ އެ ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށާއި އެއީ ތަފާތުކުރުން ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު އިނގިރޭސިވިލާތުން އިންތިޒާމުކޮށްގެން ބާއްވާ އެ އެގްޒިބިޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑިފެންސް ދާއިރާގެ ފަރާތްތަކުން އެ ފަރާތްތަކުގެ އާލާތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ދައްކާލުމަށް ބާއްވާ ބޮޑު އެގްޒިބިޝަނެކެވެ.
އިނގިރޭސިވިލާތް ވެފައިވަނީ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އިސްރާއީލުން ގާާޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލާ ގައުމެއްކަމުގައި ވެފައެވެެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި