ޗައިނާގައި އޮންނަ ޕެރޭޑެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީ އިން ބުނީ އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބޮޑުހަނގުރާމައަށް 80 އަހަރު ފުރުން ފާހަގަކުރާ ހާއްސަ ޕެރޭޑުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ބެއިޖިންގައި އޮންނަ އެޕެރޭޑުގައި 26 ގައުމަކުން އިސް ވެރިން ބައިވެރިވާނެއެވެ.

ޕޫޓިން އާއި ކިމްގެ އިތުރުން އިންޑޮނޭޝިއާގެ ރައީސް ޕްރަބޮވޯ ސުބިއަންޓޯ އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ އިތުރުން ވިއެޓްނާމްގެ ރައީސް ލުއޮންގް ކުއޮންގް އެ ޕެރޭޑުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާއިން ވަނީ އެޕެރޭޑަށް އިތުރު ގައުމުތަކުގެ އެންމެ އިސް ފަރާތްތަކަށްވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި ދައުވަތު ގަބޫލުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.