ޓެކްސީއަކުން 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އެ ތަކެތީގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ، ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރި މައްސަލައެއް ކަމަށެވެ.
މައްސަލަ ރިޕޯޓުކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ދަތުރުކުރި ކާރު ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް