ފިލްމުކާރު ޕްރިޔަދަރްޝަންގެ ފިލްމު "ހައިވާން" ގެ ކާސްޓަށް އެކްޓްރެސް ސައިޔާމީ ކެއަރ ބައިވެރިވެއްޖެއެވެ.
ސައިޔާމީ ބުނީ، އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން ފަދަ ބޮޑެތި ތަރީންނާއެކު، އަދި ޑައިރެކްޓަރު ޕްރިޔަދަރްޝަންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަކީ ލިބޭ ބޮޑު ނަސީބެއް ކަމުގައެވެ. އޭނާ ކުޑައިރު ފިލްމީ ދުނިޔެއަށް ލޯބި ޖެއްސި ތަރިންނާއެކު މަސައްކަތް ކުރުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ސައިޔާމީ ފާހަގަކުރިއެވެ.
"ހައިވާން" ގެ ޝޫޓިން މިހާރު ކޮޗީގައި ފަށާފައިވާއިރު، މި ފިލްމުން އަކްޝޭ ކުމާރާއި ސައިފް އަލީ ޚާން 18 އަހަރު ފަހުން އަލުން އެކުގައި ފެންނާނެއެވެ. މި ފިލްމަކީ ޕްރިޔަދަރްޝަންގެ 2016 ވަނަ އަހަރުގެ މަލަޔާޅަމް ބަހުގެ ހިޓް ފިލްމު "އޮއްޕަމް" އަށް އިންސްޕަޔާވެގެން ހަދާ ފިލްމެކެވެ. "އޮއްޕަމް" އަކީ އެކްޝަން ތްރިލަރެކެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް