ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ވަނީ ފަށައިފައެވެ. އެ މަޝްރޫއަށް ދީފައިވަނީ ނަމަކީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" އެވެ.
ހދ. އަތޮޅަކީ ބީއެމްއެލްގެ އޭޓީއެމް އެ މަޝްރޫއުގެ ދަށުން ގާއިމުކުރި ނުވަވަނަ އަތޮޅެވެ.
ހދ. އަތޮޅުގެ ނުވަ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ. އއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހއ. ށ. ދ. ނ. މ. ކ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް