ގާޒާގެ ދަރިވަރުންނަށް ޔޫކޭގެ ޔުނިވަސިޓީތަކުން ފުރުސަތުދިނުމަށް އެ ގައުމުން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ވަނީ އެ ގައުމުގެ ޔުނިވަސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ގާޒާގެ ދަރިވަރުންނަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.
އެ ގައުމުގެ އިމިގްރޭޝަނުން ހާއްސަ ގޮތްތަކެއް ކަނޑައަޅައި ގާޒާއިން އެ ގައުމަށް ކިޔެވުމަށް ދާން ބޭނުންވާ ފަރާތްތަކަށް ކިޔެވުމުގެ ފުރުސަތުތައް ދޭނީ ކިޔެވުމުގެ ހުރިހާ ހަރަދެއް އެއްކޮށް ލިބޭނޭ ގޮތަށް، އެފަދަ ޔުނިވަސިޓީތަކުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ ގާޒާއިން ދަރިވަރުން ބޭރުކޮށް ޔޫކޭއަށް އެތެރެކުރުމުގެ ކުރިން ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭކަމަށް ފާހަގަކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ސަރުކާރުންވެސް ގާޒާއިން ބޭރުވާން ހުއްދަ ނަގަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ގާޒާއިން އިނގިރޭސިވިލާތަށް 40 ދަރިވަރަކު ގެންދިއުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިނިރޭސިވިލާތުން މިދިޔަ މަހު ވަނީ ފަލަސްތީނު ސަރުކާރު ގަބޫލުކުރުމަށް ނިންމައިފައެވެ.
މުހައްމަދު އައުޒަމް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް