ސޯޝަލް މީޑީއާ ޕްލެޓްފޯމެއް ކަމަށްވާ، ޓިކްޓޮކްގައި ކުޑަ ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ކުއްޖާ ވިއްކާލަން އިއުލާންކުރީ ޓިކްޓޮކް ލައިވްއެއްގައި ކަަމަށެވެ.
އެ ލައިވްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭގޮތުން ހަޑިހުތުރު ވާހަކަދައްކައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެެވެ.
ނަމަވެސް ފުުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށްބުނެ، އެ ކުއްޖާގެ ފޮޓޯ ވެސް ޓިކްޓޮކްގައި މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް