ހދ. ނޭކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކު ކާޑެއް ނޭކުރެންދޫ ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވާލުކޮށްދެއްވައިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ވަނީ ފަށައިފައެވެ.
އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ. އއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހއ. ށ. ދ. ނ. މ. ކ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސްގެ ވައުދުފުޅެކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް