މަޝްހޫރު ދިވެހި ވިޔަފާރިވެރިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެއް ހިއްސާދާރު ކެރަފާ އަބްދުލްޣަނީ މިއަދު އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 86 އަހަރުގައި ޣަނީ އަވަހާރަވީ ތައިލެންޑުގެ ބެންކޮކުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޣަނީއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި ކްރައުން ކޮމްޕެނީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ޣަނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމައާ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ޣަނީ އަވަހަރާވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣަނީއަކީ ރާއްޖޭގެ އިލެކްޓްރިފިކޭޝަން ކަމަށެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު