ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ދެ މެންބަރުން އައްޔަނު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަކީ ވެސް އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ގާބިލް ތިން ބޭފުޅުން ކަމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 ވަނަ ދުވަހަށް ހަމަވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރަން ރައީސް މުއިއްޒަށް ފެނިވަޑައިގަނަންވާ ތަރުތީބުން ތިން ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.
އެ ތިން ނަމަކީ:
- އަހްމަދު މަގްސޫމް، ސީބްރީޒް / ސ. ހުޅުދޫ
- އަމީރާ ނައީމް، ހ. ބުރުޒް
- ފާތިމަތު ނަފްއަތު އަބްދުލްވައްހާބް، ދަފްތަރު ނަމްބަރު ދރ 712
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ ނަން އިއުލާން ކުރެއްވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 19 ވަނަ ދުވަހުއެވެ.
އެ ތިން ބޭފުޅުންނާ ބެހޭ ގޮތުން ޝަކުވާއެއް އޮތްނަމަ އެކަން މަޖިލީހުގެ އިދާރާއަށާއި ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު އެ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް ކޮމިޓީން ހުޅުވައިލިއެވެ.
އެއަށްފަހު މިއަދު ކޮމިޓީން ވަނީ އެބޭފުޅުންނާ އިންޓަވިއު ކޮށްފައެވެ.
މި އިންޓަވިއުގައި ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި ވޯޓަށް އަހަން ކޮމިޓީން ކަނޑައަޅާފައިވާ އެވްރެޖް 75 ޕަސެންޓަށްވުރެ މަތިން، ކޮންމެ ބޭފުޅަކަށްވެސް ޕޮއިިންޓް ލިބުނެވެ.
އެހެންކަމުން އެ ތިން ބޭފުޅުންނަކީ ވެސް ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ތިން ބޭފުޅުން ކަމަށް ކޮމިޓީން ފާސްކުރަން ފެންނަ ކަމަށް ކޮމިޓީގެ މުގައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ރިފާއު ތާއިދު ކުރެއްވިއެވެ.
އެ ހުށަހެޅުމުގައިވާ ގޮތަށް، އެ ތިން ބޭފުޅުންނަކީ ވެސް ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ތިން ބޭފުޅުން ކަމަށް އެވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.
ދެން ކޮމިޓީގެ ނިންމުން ހުށަހަޅާނީ މަޖިލިސް ތަޅުމަށެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން އެޗްއާރުސީއެމްއަށް އައްޔަން ކުރާނެ ދެ މެންބަރުން ފާސްކުރާނީ މަޖިލިސް ޖަލްސާއިންނެވެ.
އެކަަމަށްޓަކައި މިމަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ދެ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފައެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
ގޮނޑިގަ ތިބެންބޭނުމިއްޔާ ފޮނުވި ކޮންމެއެއްޗަކައްވެސް ވޯޓުދޭންޖެހޭނީ
ރަޝީދު - 10 މަސް ކުރިން