އެމެރިކާގެ އިންޓެލިޖެންސްގެ ޗީފް މަގާމުން ވަކިކޮށްފިއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕެޓް ހެގްސެތް ވަނީ އެގައުމުގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީގެ ޗީފް ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކްރޫސް މަގާމުން ވަކިކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ. މީގެ އިތުރުން އިސް މިލިޓަރީ ދެ ކޮމާންޑަރަކު ވެސް މަގާމުން ދުރުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ އިންޓެލިޖެންސް ޗީފް މަގާމުން ވަކިކޮށްފައިވަނީ އެމެރިކާއިން އިރާނަށް މިދިޔަ މަހު ދިން ހަމަލާގެ ކަންކަން ހިނގައިދިޔަ ގޮތް ބެލުމަށް ހިންގި ހާއްސަ ތަހުގީގަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން އިރާނަށް ދިން އެހަމަލާގެ މައުލޫމާތު އިންޓެލިޖެންސުން ލީކުވެފައިވާ ކަމަށް ބެލެވުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން ދިން ހަމަލާގެ ކުރިން އިރާނުން ނިއުކްލިއާ ސައިޓުތައް ހުސްކުރި ކަމަށް ބުނެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިރު އެއީ އެމެރިކާގެ އިންޓެލިޖެންސުން މައުލޫމާތު ލީކުވުމުގެ ސަބަބުން އިރާނަށް އެޅުނު ފިޔަވަޅެއް ކަމަށް އޮފިޝަލުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
އިރާނު-އިޒްރޭލު ހަނގުރާމަ
ބޭރު ކުޅިވަރު