އިންޑިއާއިން އެމެރިކާއަށް ޕޯސްޓުގެ ހިދުމަތް ސަސްޕެންޑުކޮށްފިއެވެ.

އިންޑިއާއިން އެމެރިކާއަށް ކުރާ ޕޯސްޓުގެ ހިދުމަތް އިއްޔެ އިން ފެށިގެން ވަގުތީގޮތުން ސަސްޕެންޑު ކުރި ކަމަށް އިންޑިއާގެ ސަރުކާރު އޮފިޝަލުން ވަނީ އެގައުމުގެ ނޫސްތައް މެދުވެރިކޮށް ހާމަކޮށްފައެވެ.

އިންޑިއާއިން އެފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އެމެރިކާއަށް އެތެރެކުރާ އެގައުމުގެ މުދަލުން ބޮޑު ޓެރިފެއް ނަގަން ފަށާފައި ވަނިކޮށެވެ.

އިންޑިއާއިން ފިޔަވަޅު އަޅާފައި ވަނީ ހުރިހާ ބާވަތެއްގެ ޕޯސްޓު ހިދުމަތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އެކަމަށް އަމަލު ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ. މީގެ އިތުރުން 100 އެމެރިކާ ޑޮލަރުން ދަށުގެ އަގު ހުންނަ އައިޓަމްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން ޕޯސްޓަލް ހިދުމަތް ދޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން އެގޮތަށް އަމަލުކުރުމަށް ނިންމައި ޕޯސްޓުގެ ހިދުމަތް ސަސްޕެންޑުކޮށްފައިވާ އިރު ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް އެފަދަ ގަވާއިދެއް ހަދަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.