އޯޕެންއޭއައިގެ އޮފީހެއް އިންޑިއާގައި ހުޅުވަން ނިންމައިފިއެވެ.

އޯޕެންއޭއައިގެ ސީއީއޯ ސާމް އަލްޓްމަން ބުނީ އެކުންފުނީގެ އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށެވެ.

އޯޕެންއޭއައިގެ ޕްރޮޑަކްޓެއް ކަމަށްވާ ޗެޓްޖީޕީޓީއަކީ އިންޑިއާގައި އެންމެ ގިނަ މީހުން ބޭނުންކުރާ އޭއައި ސޮފްޓްވެއާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޯޕެންއޭއައި އިން ވަނީ ވޭތުވެދިޔަ އަހަރު އިންޑީއާގައި ޗެޓްޖީޕީޓީ ބޭނުންކުރި ނިސްބަތް ހަތަރު ގުނަ އިތުރުވެފައިވާ ކަމަށް ވެސް ބުނެފައެެވެ.

އޯޕެންއޭއައި އިން ވަނީ އިންޑިއާގައި އެކުންފުނި ރަޖިސްޓްރީކޮށް އެކުންފުންޏަށް މުވައްޒަފުންވެސް ނަގަން ފަށައިފައެވެ. އެގޮތުން އެކުންފުނީގެ ފުރަތަމަ އޮފީސް ދިއްލީގައި މިއަހަރުގެ ފަހުކޮޅު ހުޅުވިގެން ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އޯޕެންއޭއައިގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ގޫގުލްގެ ޖެމްނީ އަދި އޭއައި ސްޓާޓްއަޕްގެ އިތުރުން ޕާޕްލެކްސީ ވެފައިވަނީ އިންޑިއާގައި މަޑުމަޑުން ކުރިއަރަމުން އަންނަ އޭއައި ސޮފްޓްވެއާއަށެވެ.