ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް އެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބަކާ ގުޅިގެންނެވެ.
ނާޒިލް ސުވާލު ކުރެއްވީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އޭނާ ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށެވެ. ނަމަވެސް ރައްޖޭގެ އިސްތިގުލާލާއި މިނިވަންކަމާ ގުޅުން ހުރި ޓީޝާޓްލައިގެން ހުއްޓައި ފެނިދާނެ ކަމަށާއި، އެކަމަށް ފަހުރުވެރިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައި ވިދާޅުވީ އެ ޖަލްސާއަށް ވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވުމުގައި މިނިސްޓަރު ހަލީލު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އިންޑިއާ އައުޓް ޓީޝާޓް ލައިގެން ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވި ނަމަވެސް، މިނިސްޓަރު އިތުރުފުޅު ހައްދަވާފައިވާކަމުގެ ހެކިތައް މުޅި ސޯޝަލް މީޑިއާއިން ފެންނަމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް އެ މައްސަލައާއެކު ވަނީ، މިނިސްޓަރު ހަލީލުގެ ފޮޓޯއެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓްގެ ޓީޝާޓެއްގައި ހުރި މީހެއް ފެންނަ ފޮޓޯއެއް ވެސް ހުށަހަޅައިފައެވެ. އެއީ ކޮވިޑު 19ގެ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއްކަން ވެސް މީކާއީލް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ތި ނޫހަށް ފެންނަނީ، ދިވެއްސެއްތަ؟ އަދި ތި ނޫހަށް ޚަލީލު ވެސް ވަކިކުރަން ނޭނގޭތަ؟
ދާލު - 10 މަސް ކުރިން