އެމެރިކާގައި ހިނގި އެކްސިޑެންޓަކަށްފަހު ސިޔާސީ ކޯޅުމަކަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ފްލޮރިޑާގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓެއްގައި ސެމީ ޓްރަކެއް ދުއްވި އިންޑިއާ މީހަކު ފްލޮރިޑާގެ ހައިވޭއެއްގައި ނެގި ޔޫޓާނެއެއްގެ ސަބަބުން އެ ހައިވޭއިން ދުއްވި ވޭނަކާ މުޑިއަރައި އެއިން ދަތުރުކުރި ތިން މީހުން ވަނީ މަރުވެފައެވެ.

އެ މައްސަލައިގައި ކުށްވެރިވާ އިންޑިއާއަށް ނިސްބަތްވާ މީހާއަކީ އެމެރިކާގައި ގަވައިދާ ހިލާފަށް އުޅޭ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ހަރުޖިންދާ ސިންގު ނަމަކަށް ކިޔާ އެމީހާ އެމެރިކާއަށް އެތެރެވެފައިވަނީ ގަވައިދާ ހިލާފަށް ކަމަށްބުނެ އެ ގައުމުގެ ކެލިފޯނިއާގެ ގަވަރުނަރު ވަނީ އެކަމުގައި ޓްރަމްޕް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކެލިފޯނިއާގެ ގަވަރުނަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމީހާ އެމެރިކާއަށް އެތެރެވެފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި ކަމަށެވެ.

އެ މައްސަލައިގައި ސިޔާސީ ކޯޅުމަކަށް އައިސް އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކޮށް ޕޯސްޓު ހަދަމުން ދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.