"ކޫލީ" ގެ ބޮކްސް އޮފީސް އާމްދަނީއަށް އައި އާ އަޕްޑޭޓްތަކުން އެ ފިލްމުގެ އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ ކުޑަވެ، މިހާރު ހުރީ 43.25 މިލިއަން ޑޮލަރުގައެވެ. 43.40 މިލިއަން ޑޮލަރުގެ އާމްދަނީއާއެކު "ވެޕަންސް" އަށްވުރެ ދަށްވެފައިވާތީ، އެ ދެފިލްމުގެ ދެމެދު ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވެއެވެ. "ވެޕަންސް" ގެ ހަގީގީ އާމްދަނީ މިހާރަށްވުރެ ދަށްވެއްޖެ ނަމަ، "ކޫލީ" އަށް އަދިވެސް ދުނިޔޭގެ އެއްވަނަ މަގާމު ހޯދިދާނެއެވެ.
މީގެ ކުރިން "ކޫލީ" އަކީ ދުނިޔޭގެ އެންމެ އާމްދަނީ ރަނގަޅު ފިލްމުކަމަށް ބެލެވުނުއިރު، އާމްދަނީ 44 މިލިއަން ޑޮލަރަށް އަރާކަމަށް ލަފާކުރެވުނެވެ. އެއީ "ވެޕަންސް" (43.40 މިލިއަން ޑޮލަރު) އަދި "ޑިމޮން ސްލޭޔާ: އިންފިނިޓީ ކާސަލް" (36.25 މިލިއަން ޑޮލަރު) އަށްވުރެ މަތީ އަދަދެކެވެ.
"ކޫލީ" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު 44 މިލިއަން ޑޮލަރުގެ ތެރެއިން، އިންޑިއާއިން 26.50 މިލިއަން ޑޮލަރު، ނޯތު އެމެރިކާއިން 6.35 މިލިއަން ޑޮލަރު، މެދުއިރުމަތިން 3.75 މިލިއަން ޑޮލަރު އަދި އެހެނިހެން ބޭރުގެ މާކެޓްތަކުން 7.50 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މި ފިލްމަކީ އިންޑިއާ، ޔޫއޭއީ، އަދި ސްރީލަންކާގައި އެއްވަނަ ފިލްމެވެ. އަދި ސިންގަޕޫރުގަޔާއި މެލޭޝިއާގައި ދެވަނަ މަގާމު ހޯދިއިރު، އެ ދެގައުމުގައި އެއްވަނަ މަގާމުގައި އޮތީ "ޑިމޮން ސްލޭޔާ" އެވެ. "ކޫލީ" ނޯތު އެމެރިކާ، އޮސްޓްރޭލިއާ، އަދި އިނގިރޭސިވިލާތުގެ އެންމެ މަތީ 10 ފިލްމުގެ ތެރޭގައިވެސް ހިމެނެ އެވެ.
މި ފިލްމަކީ ދުނިޔޭގެ ބޮކްސް އޮފީސް ތާވަލުގައި އެއްވަނަ ހޯދި ފަސްވަނަ އިންޑިއާ ފިލްމެވެ. އަދި ތަމަޅަ ދެވަނަ ފިލްމެވެ. މީގެ ކުރިން އެގޮތަށް އެއްވަނަ ހޯދާފައިވަނީ "މާސްޓަރ"، "އާރްއާރްއާރް"، "ބްރަހްމާސްތްރާ" އަދި "އެނިމަލް" އެވެ.
"ވޯރ 2" އަށް 29.50 މިލިއަން ޑޮލަރު ލިބި، އެ ފިލްމަށްވެސް ތާވަލުން ޖާގަ ލިބިފައިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް