މެގަން މާކެލްގެ ލައިފްސްޓައިލް ސީރީޒް "ވިތު ލަވް، މެގަން" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ނެޓްފްލިކްސް އިން ރިލީސްކޮށްފިއެވެ. މި ޝޯއަށް ކުރީންވެސް ވަނީ ގިނަ ފާޑުކިޔުންތައް އަމާޒުވެފައެވެ. ބައެއް ފާޑުކިޔުންތެރިން ބުނި ގޮތުގައި ސީޒަން އެކެއްގައި ޝޯ ވަރަށް ފޫހި ކަމަށެވެ.

އޯގަސްޓް 12 ގައި ނެރުނު ޓްރެއިލާ އަކީ ކެއްކުމާއި، ވާހަކަ ދެއްކުމާއި، ޝޯއެއްގެ ގޮތުގައި މާނައެއް ނެތް ކަންކަން ހިމެނޭ ޓްރެއިލާ އެކެވެ. ޝެފް ހޯސޭ އެންޑްރެސްއާ އެކު ބަދިގޭގައި ހުރެ މެގަން ވަނީ ޕްރިންސް ހެރީ ލޮބްސްޓަރ ކެއުމަށް ބޭނުން ނުވާކަން ހާމަކޮށްފައެވެ.

https://youtu.be/BItsS9GuM6o

އިންޓަނެޓްގައި ގިނަ ބަޔަކު މި ޝޯއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދެއެވެ. "ނެޓްފްލިކްސް ގެ ސިކުނޑި ހަމަ ނުޖެހެނީތަ؟" އަދި "އެ ދެމީހުން ދުރަށް ދާނެ ނަމަ ކިހާ ރަނގަޅުތަ؟" ފަދަ ކޮމެންޓްތައް ލިބިފައިވެއެވެ. އަދި ސައިބާބުލީއެއް ކަމަށް ސިފަކުރެވޭ ކްރިސީ ޓައިގަން ފަދަ މީހުން ޝޯއަށް ގެނައުމާމެދުވެސް ބައެއް މީހުންގެ ހިޔާލު ތަފާތުވެފައިވެއެވެ.

ދެވަނަ ސީޒަންގެ މެހެމާނުންގެ ތެރޭގައި ކްރިސީ ޓައިގަން، ތަން ފްރާންސް، ޑޭވިޑް ޗަންގް، ސާމިން ނޮސްރަތު، ކްރިސްޓީނާ ތޯސީ، ކްލެއަރ ސްމިތު، ޖޭ ޝެޓީ އަދި ރާދީ ދޭވްލުކިޔާ ހިމެނެއެވެ. މެގަންގެ ރަހުމަތްތެރިން ކަމަށްވާ ހެދަރ ޑޯރެކް އާއި ޖެއިމީ ކާން ލިމާ ވެސް ފެނިގެންދާނެއެވެ. މެގަންގެ މޭކަޕް އާޓިސްޓް ޑެނިއަލް މާޓިން ވެސް މި ސީޒަންގައި ފެންނާނެއެވެ.