ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން އުފައްދާފައިވާ ބޯޑުގެ މެމްބަރު އަބްދުﷲ މާހިލް ޝަހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް ގިނަ އަދަދެއްގެ ވޭޕް އެތެރެކުރަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން އެ ބޯޑުގެ މެމްބަރުކަމުން އޭނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
"ޔޫތު އެޑްވައިޒަރީ ބޯޑް"އަށް މާހިލް އައްޔަނުކުރެއްވީ 12 އޮގަސްޓު 2024 ގައެވެ.
މާހިލް އިސްތިއުފާ ދެއްވިކަން "ވަން" އަށް ވަނީ އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ދަރިކަލުން މާހިލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކްއެވެ. އޭނާއާ އެކު، އެހެން މީހަކު ވެސް 107 ވޭޕް ސްޓިކް އެތެރެކުރަން އުޅުނުކަން ފާހަގަވުމުން ކަސްޓަމްސް އިން ވަނީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެއެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާގެ އަދަދު 400 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެއެވެ.
ބޮޑެތި ޖޫރިމަނާތަކާއެކު ރާއްޖެއަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
އަލީ ޔާމިން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ލާރި ލިބޭނެ އިތުރު މަގެއް
ޚަަދީޖާ - 10 މަސް ކުރިން