މައިކްރޯސޮފްޓުން އެ ކުންފުނީގެ ގިނަ މުވައްޒަފުން ހަފުތާއަކު މަދުވެގެން ތިން ދުވަހު އޮފީހަށް ހާޒިރުވާ ގޮތަށް ބަދަލުތަކެއް ގެންނާން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ކޮވިޑް-19 ފެތުރިގެން ދިޔަ ދުވަސްވަރު އެ ކުންފުނިން ތައާރަފުކުރި ހައިބްރިޑް ވޯކް މޮޑެލަށް ގެނެވޭ ބޮޑު ބަދަލެކެވެ.

ކުރިން ރިމޯޓްކޮށް މަސައްކަތް ކުރުމަށް ބާރުއަޅައި، އެއަށްފަހު ހައިބްރިޑް ޕޮލިސީއެއް ހެދި ނަމަވެސް، މިހާރު ތިން ދުވަހު މަޖުބޫރުކޮށް އޮފީހަށް ނުކުތުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ބައެއް މުވައްޒަފުން ހަފުތާއަކު ހަތަރު ނުވަތަ ފަސް ދުވަހުވެސް އޮފީހަށް ދާން ޖެހިދާނެ ކަމަށް ވެއެވެ. މި ނިންމުން ނިންމާނީ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުންނެވެ.

މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ސިއެޓްލް ކައިރީގައި ހުންނަ މައިކްރޮސޮފްޓްގެ ރެޑްމަންޑް ކެމްޕަސް އާ 50 މޭލުގެ ދުރުމިނުގައި ދިރިއުޅޭ މުވައްޒަފުންނަށެވެ. މި ނިންމުން ސެޕްޓެމްބަރު މަހު އިއުލާންކޮށް، ޖެނުއަރީ މަހުގެ ފަހުކޮޅު ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޮފީހުގައި ތިނެއް ނުވަތަ ހަތަރު ދުވަހު މަސައްކަތް ކުރާ މުވައްޒަފުންގެ "ތްރައިވިންގް ސްކޯޒް" މަތިކަން ފާހަގަކުރެވިފައިވާތީ މިކަން ކުރުމަށް ނިންމާފައިވަނީ ކަމަށް ހަބަރުތައް ބުނެއެވެ.

މުވައްޒަފުންގެ މެދުގައި މި ނިންމުމަށް ތަފާތު ރިއެކްޝަންތަކެއް ވަނީ ފާޅުވެފައެވެ. ބައެއް މުވައްޒަފުން އޮފީހަށް އެނބުރި އައުމަށް މަރުހަބާ ކިޔާފައިވާއިރު، އަނެއް ބަޔަކު ވަނީ ދަތުރުފަތުރުގެ ދަތިތަކާއި އޮފީހުގެ ތެރޭގައި ޖާގަ ކުޑަވުމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މައިކްރޮސޮފްޓްގެ މި ނިންމުމުގެ ސަބަބުން، ދެންވެސް އެހެން ކުންފުނިތަކުން ހައިބްރިޑް ވޯކް ޕޮލިސީތަކަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.