ރެޑްސީގައި އޮތް ކޭބަލެއް ބުރިވެ މައިކްރޯސޮފްޓް ހިދުމަތަށް ބުރޫ އަރައިފިއެވެ.

މައިކްރޯސޮފްޓުން ބުނީ އެކުންފުނީގެ ހިދުމަތްތަކުގެ ތެރެއިން މައިކްރޯސޮފްޓް އަޒޫރެ ކްލައިޑޫގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މައިކްރޯސޮފްޓުން ވަނީ ހިދުމަތް ލިބުމުގައި ދަތިތަކެއް އުޅޭނީ މެދުއިރުމަތީ ސަރަހައްދުތަކަށް ކަމަށާއި ހިދުމަތް ލިބުމުގައި ބޮޑުތަނުން ލަސްތަކެއް ވާނެ ކަމަށް ފާހަގަކޮށްފައެވެ.

ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު މައިކްރޯސޮޕްޓުން ހާމަކޮށްފައެެއް ނުވެއެވެ. އެކުންފުނިން ވަނީ ހިދުމަތް ދިނުމަށް މިހާރު އެހެން ރޫޓުތަކެއް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރިޕޯޓުތަކުން ބުނާގޮތުން ހިދުމަތަށް ބުރޫ އަރާފައިވަނީ ޕާކިސްތާނާ ގުޅޭ ސަރަހައްދުގެ ކޭބަލަކަށެވެ. އެގޮތުން ކޭބަލް ބުރިވުމުގެ ސަބަބުން ޕާކިސްތާނާއި އިންޑިއާއަށްވެސް އިންޓަނެޓް ހިދުމަތް ލިބުމުގައި ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެއެވެ.