ޕްރިންސް ވިލިއަމް އާއި ކޭޓް، ފޮރެސްޓް ލޮޖަށް ބަދަލުވާން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވިންޑްސަރ ގްރޭޓް ޕާކުގައި ހުންނަ 8 ކޮޓަރީގެ ގްރޭޑް II ލިސްޓެޑް ގޭގައި ދާއިމީކޮށް ދިރިއުޅުއްވައި، ވިލިއަމް ރަސްކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް މިތަނުގައި އުޅުއްވުމަށް އެ ދެކަނބަލުން ގަސްދުކުރައްވާ ކަމަށް ހަބަރުތައް ބުނެއެވެ.
އެޑެލެއިޑް ކޮޓެޖްގައި ތިއްބެވި ތިން އަހަރު ދުވަހު ގިނަ ގޮންޖެހުންތަކެއް (2022 ވަނަ އަހަރު ރާނީ އެލިޒަބަތު އަވަހާރަވުން، އަދި ކިންގް ޗާލްސް އާއި ކޭޓަށް ކެންސަރު ޖެހުން) ކުރިމަތިވުމަށް ފަހު، މި ބަދަލަކީ އާއިލާއަށް އާ އުފާވެރި ހަނދާންތަކެއް އުފެއްދުމުގެ ފުރުސަތެއްގެ ގޮތުގައި ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފޮރެސްޓް ލޮޖަށް ބަދަލުވުމުގެ ހަރަދުތަކާއި މަރާމާތުތަކަށް އެ ދެކަނބަލުން ހަރަދުކުރައްވާނީ އަމިއްލަފުޅަށް ކަމަށާއި، ދައުލަތަށް އިތުރު ބުރައެއް ނުކުރައްވާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. މިހާރު ވެސް މަރާމާތުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.
ފޮރެސްޓް ލޮޖް އެންމެ ފަހުން މަރާމާތުކޮށްފައިވަނީ 2001 ވަނަ އަހަރު 1.5 މިލިއަން ޕައުންޑަށް ކަމަށްވާއިރު، އޭރު އޭގެ އަގު 5.5 މިލިއަން ޕައުންޑަށް އަގުކުރެވުނެވެ. މިހާރު މި ގޭގެ އަގު 16 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު، މި ގޭގެ ފްރީހޯލްޑް މިލްކު ކުރައްވަނީ ރަސްގެފާނެވެ.
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް