ރަޖިނިކާންތުގެ "ކޫލީ" ބޮކްސް އޮފީހުގެ ގިނަ ރިކޯޑުތަކެއް މުގުރާލައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. ފިލްމު ނެރުނުތާ ދެ ދުވަހުގެ ތެރޭގައި އެތައް ރިކޯޑެއް ވަނީ މުގުރާލައިފައެވެ.

"ކޫލީ" މުގުރާލާފައިވާ މުހިންމު ރިކޯޑުތައް:

  • ތަމަޅަ ފިލްމެއްގެ ތާރީޚުގައި އެންމެ ބޮޑު އޯޕަނިން: ފުރަތަމަ ދުވަހު މުޅި ދުނިޔެއިން 151 ކްރޯޑް ރުޕީސް ހޯދައި، ލޯކޭޝް ކަނަގަރާޖްގެ ކުރީގެ ފިލްމު "ލިއޯ" (143 ކްރޯޑް) ގެ ރިކޯޑު މުގުރާލުން.
  • މި އަހަރުގެ އިންޑިއާގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން: މި އަހަރު އިންޑިއާގެ އެއްވެސް ފިލްމަކަށް ލިބުނު އެންމެ ބޮޑު އޯޕަނިން (ފުރަތަމަ ދުވަހުގެ އާމްދަނީ) އަކީ މި ފިލްމުން ހޯދި 151 ކްރޯޑް ރުޕީސް.
  • އޮރިޖިނަލް އިންޑިއަން ފިލްމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު އޯޕަނިން: "RRR"، "ކަލްކީ 2898 AD"، އަދި "ސަލާރު" ފަހަތުން، އޮރިޖިނަލް އިންޑިއަން ފިލްމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ ބޮޑު އޯޕަނިން ހޯދި ފިލްމު.
  • އަހަރުގެ އެންމެ ގިނަ އާމްދަނީ ލިބުނު ތަމަޅަ ފިލްމު: ދެ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން 250 ކްރޯޑް ރުޕީސް ހޯދައި، އަޖިތު ކުމާރުގެ "ގުޑް ބޭޑް އަގްލީ" (248 ކްރޯޑް) ފަހަތަށް ޖައްސާލުން.
  • ތަމަޅަ ފިލްމެއްގެ އެންމެ ބޮޑު އޯޕަނިން ޑޭ ޕްރީ-ސޭލްސް: ރިލީޒްކުރުމުގެ ކުރިން ޕްރީ-ސޭލްސްގެ ގޮތުގައި 109 ކްރޯޑް ރުޕީސް ހޯދައި، ތަމަޅަ ފިލްމުގެ ރެކޯޑު ގާއިމުކުރުން
  • 100 ކްރޯޑަށް އެންމެ އަވަހަށް ދިޔަ ތަމަޅަ ފިލްމު: މި ފިލްމު ވަނީ 100 ކްރޯޑް އިންޑިއާގެ މާކެޓުން ދެ ދުވަހުގެ ތެރޭގައި ހޯދައިފައެވެ. މީގެ ކުރިން ރަޖްނީކާންތުގެ "2.0" އަދި ވިޖޭގެ "ލިއޯ" އިން 100 ކްރޯޑް ހޯދީ ތިން ދުވަހުންނެވެ.

"ކޫލީ" މިހާރު އޮތީ މުޅި ދުނިޔެއިން 300 ކްރޯޑް ރުޕީސް އާއި، އިންޑިއާއިން 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއްގައެވެ. ޝާހުރުކް ޚާންގެ "ޖަވާން" އަށްވުރެ އަވަހަށް މި ކާމިޔާބީ ހާސިލުކުރަމުންދާތީ ފިލްމުގެ މަގުބޫލުކަން ދައްކުވައިދެއެވެ. ލޯކޭޝް ކަނަގަރާޖްގެ މި ފިލްމުގައި ރަޖުނީކާންތުގެ އިތުރުން ނާގަރްޖުނާ، ޝްރޫތީ ހާސަން، ސޯބިން ޝާހިރު، އުޕެންދުރާ، އަދި އާމިރު ޚާން (ކެމިއޯ) ވެސް ހިމެނެއެވެ.