ބުރު ޕާކު ކައިރީގައި ހުންނަ ކުރީގެ އެޑިއުކޭޝަން ސެންޓަރު ހިންގި އިމާރާތުގެ ބައެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އެ ހާދިސާ މިއަދު މެންދުުރު 1:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އިމާރާތުން ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަށާއި ޕާކުކޮށްފައި ހުރި ދެ ސައިކަލާއި ދެ ކާރަށް ގެއްލުންވެފައިވާ ކަމަށެވެ. މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރީގެ އެޑިއުކޭޝަން ސެންޓަރު ހިންގި އިމާރާތުން ބައެއް ވެއްޓި އުޅަނދުތަކަކަށް ގެއްލުން ލިބިފައި. -- (ވަން ފޮޓޯ/ ހަމްދާން އަހްމަދު)

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގެއްލުންވެފައިވަނީ ސަލާހުއްދީން ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކަށެވެ.

އަދި އެ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.