އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންގެ ސަމިޓް، ކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.
މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އެމެރިކާގެ އަލަސްކާގައި ބޭއްވި ''އަލަސްކާ ސަމިޓް 2025'' ނިންމާލައިފައިވަނީ އެއްވެސް ޑީލެއް ނުހެދި އަދި ޔޫކްރޭން ރަޝިޔާ ހަނގުރާމައަށްވެސް ވަކި ގޮތެއް ނުހޯދި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަލަސްކާގެ ސަމިޓަށް ޕޫޓިން އަށް މަރުހަބާ ދަންނަވައިފައިވަނީ އަލަސްކާގައި ހުންނަ އެމެރިކާގެ އެއާބޭހެއްގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.
2022 ވަނަ އަހަރު ރަޝިޔާ ޔޫކްރޭނު ހަނގުރާމަ ފެށުނު ފަހުން ރައީސް ޕޫޓިން ހުޅަނގަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ސަމިޓުގައި ދެ ރައީސުން ވަނީ ނޫސްވެރީންނާ ވެސް ވާހަކަފުޅު ދައްކަވައިފައެވެ. ނަމަވެސް ނޫސްވެރީން އެއްވެސް ސުވާލެއް ކުރުމަށް ފުރުސަތު ދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބައްދަލުވުމުގައި ޕޫޓިން ވަނީ އެމެރިކާއާއި ރަޝިޔާއަކީ ގާތް އަވައްޓެރިން ކަމަށް ބުނެފައެވެ. ޔޫކްރޭން ހަނގުރާމަ ހުއްޓާލައި އެ ސަރަހައްދުގައި އަމަން އަމާންކަން ގާއިމު ކުރުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޕޫޓިން ފާހަގަކުރައްވައިފައިވެއެވެ.
ޓްރަމްޕް ވެސް ވަނީ ޕޫޓިންއާ އެކު ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި ނަމަވެސް އެއްވެސް ޑީލެއް މިހާތަނަަށް ހެދިފައި ނުވާކަމަށް ވިދާޅުވެފައެވެ.
ބައްދަލުވުމަށްފަހު ޕޫޓިން ވަނީ މޮސްކޯގައި ބައްދަލުކުރެއްވުމަށް ޓްރަމްޕަށް ދައުވަތުވެސް ދީފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު