ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު 'ކޮކްޓެއިލް 2' ގައި މުހިންމު ރޯލެއް ކްރިތީ ސަނޯން އަދާކުރާނެ ކަން ހޯމީ އޭނާގެ އިންސްޓަގްރާމްގައި ބުނެފިއެވެ.
ހޯމީ ވަނީ ކްރިތީގެ ފޮޓޯއެއް ހިއްސާކޮށް "ވޯކް އިން ޕްރޮގްރެސް" ޖަހާފައި ކްރިތީ ޓެގްކޮށްފައެވެ. މި ފިލްމުގެ މަސައްކަތް އިޓަލީ ފަދަ ގައުމުތަކުގައި ކުރިއަށްދާނެ ކަމަށް ވެސް ހޯމީ ވަނީ ބުނެފައެވެ.
ހޯމީގެ ޕޯސްޓަށް ރިއެކްޓް ކުރަމުން ކްރިތީ ބުނީ، މިއީ އޭނާއަށް ވަރަށް ފަސޭހަ ދަތުރަކަށް ވާނެ ކަމަށެވެ. މީގެ ކުރީން 2017 ވަނަ އަހަރު ނެރުނު 'ރާބުތާ' ފިލްމުގައި ހޯމީ އާއި ކްރިތީ ވަނީ އެކުގައި މަސައްކަތްކޮށްފައެވެ.
'ކޮކްޓެއިލް 2' ގައި ޝާހިދު ކަޕޫރާއި ރަޝްމިކާ މަންދަނާ ވެސް އުޅޭނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ހޯމީ އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށް 2012 ވަނަ އަހަރު ނެރުނު ފުރަތަމަ 'ކޮކްޓެއިލް' ފިލްމަކީ ސައިފް އަލީ ޚާން، ދީޕިކާ ޕަދްކޯން، އަދި ޑަޔާނާ ޕެންޓީ ކުޅެފައިވާ ކާމިޔާބު ފިލްމެކެވެ.
ކްރިތީގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި، އާނަންދު އެލް ރާއީ ޑައިރެކްޓްކުރާ އަދި ދަނުޝް ލީޑް ރޯލު ކުޅޭ ފިލްމު 'ތެރެ އިޝްގް މޭން' ހިމެނެއެވެ. މި ފިލްމުގެ ޝޫޓިން ނިމިފައިވާއިރު، ރިލީޒްކުރުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 28 ގައެވެ.

ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް