ބޮލީވުޑްގެ އެކްޓަރު، ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖު ކުންދުރާގެ މައްޗަށް 60 ކްރޯޑަށް ވުރެ ގިނަ ރުޕީސްގެ ހިޔާނާތުގެ ތުހުމަތުކޮށްފައިވެއެވެ.
ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ ކުރި ތުހުމަތުގައި ބުނެފައިވަނީ، މިކަން ހިނގާފައިވަނީ 2015 އިން 2023 އާ ދެމެދުގައި ކަމަށެވެ. ޝިލްޕާ އާއި ރާޖު މި ފައިސާ ނަގާފައިވަނީ އެމީހުންގެ ވިޔަފާރި ފުޅާކުރުމުގެ ބަހަނާގައި ކަމަށާއި ނަމަވެސް އެ ފައިސާ ބޭނުންކޮށްފައިވަނީ އަމިއްލަ ހަރަދުތަކަށް ކަމަށް ދީޕަކް ތުހުމަތު ކުރެއެވެ.
ދީޕަކް ބުނި ގޮތުގައި، 2015 ވަނަ އަހަރު ޝިލްޕާ އާއި ރާޖު ވަނީ އޭނާއާ ގުޅައި، އެމީހުންގެ ކުންފުނި "ބެސްޓް ޑީލް ޓީވީ ޕްރައިވެޓް ލިމިޓެޑް" އަށް 75 ކްރޯޑް ރުޕީސްގެ ލޯނެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. ފަހުން ލޯނެއްގެ ބަދަލުގައި "އިންވެސްޓްމަންޓެއް"ގެ ގޮތުގައި ފައިސާ ދިނުމަށް އެދުނުއިރު، މަހުން މަހަށް ފައިސާގެ ދައްކައި މުޅި އަދަދު އަނބުރާ ދައްކާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ދީޕަކް ބުނެއެވެ.
ދީޕަކް ބުނެފައިވަނީ، 2015 ވަނަ އަހަރުގެ އޭޕްރީލް މަހު 31.95 ކްރޯޑް ރުޕީސް، އަދި ސެޕްޓެމްބަރ މަހު އިތުރު 28.53 ކްރޯޑް ރުޕީސް "ބެސްޓް ޑީލް ޓީވީ" ގެ ބޭންކު އެކައުންޓުތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ދީޕަކް ވަނީ މި ދެމަފިރިން ފައިސާ "ނަހަމަ ގޮތުގައި" އަމިއްލަ ފައިދާއަށް ބޭނުންކުރިކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލަ އިކޮނޮމިކް އޮފެންސަސް ވިންގް އިން މިހާރު އަންނަނީ ތަފްސީލީގޮތެއްގައި ތަހުގީގު ކުރަމުންނެވެ.
ޝިލްޕާ ޝެޓީ އާއި ރާޖު ކުންދުރާގެ ގާނޫނީ ވަކީލު ޕްރަޝާންތް ޕަޓީލް ވަނީ މި ތުހުމަތުތައް ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، މިއީ ހަމައެކަނި ސިވިލް މައްސަލައެއް ކަމަށާއި، މި މައްސަލަ ނެޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލް އިން 04 އޮކްޓޯބަރ 2024 ގައި ވަނީ ބަލައިފައި ކަމަށެވެ. މިއީ ވަރަށް ކުރީގެ މުއާމަލާތެއް ކަމަށާއި، ކުންފުންޏަށް މާލީ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، މިކަމުގައި އެއްވެސް ޖިނާއީ ކުށެއް ނެތް ކަމަށް ވަކީލު ބުނެފައިވެއެވެ. އަދި އޮޑިޓަރުން ވަނީ އީއޯޑަބްލިއު އިން އެދުނު ހުރިހާ ލިޔެކިޔުމެއް ހުށަހަޅާފައި ކަމަށާއި، މިކަންކަމަކީ ހަގީގަތާ ހިލާފު، ދޮގު މައްސަލައެއް ކަމަށް ވަކީލު ބުނެފައިވެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް