ބިޕާޝާ ބާސޫގެ ހަށިގަނޑާ ގުޅޭގޮތުން މްރުނާލް ތާކޫރު، ކުރީން ދެއްކި މަޖާ ވާހަކަތަކެއްގެ ވީޑިއޯއެއް އަލުން އާންމުވުމާ ގުޅިގެން އޭނާ މައާފަށް އެދިއްޖެއެވެ.
އިންސްޓަގްރާމް ސްޓޯރީއެއްގައި މުރްނާލް ބުނީ، އޭނާގެ އުމުރުން 19 އަހަރުގައި ދެއްކި އެ ވާހަކަތަކަކީ ފިނޑި އަމަލެއް ކަމަށާއި، މަޖަލަކަށް ދެއްކި ނަމަވެސް އެ ވާހަކަތައް ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، އޭނާގެ ބޭނުމަކީ ބިޕާޝާގެ ހަށިގަނޑަށް ފުރައްސާރަކުރުން ނޫން ކަމަށެވެ.
މި ވީޑިއޯއާ ގުޅިގެން މްރުނާލްގެ ސަޕޯޓަރުން ހިތްހަމަނުޖެހި، އޭނާގެ ޕޯސްޓްތަކަށް ނަފުރަތުގެ ކޮމެންޓްތައް ލިބިފައިވެއެވެ.
މިންހާ ފާއިޒް ރަޝާދު
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް