ފުލުހުންގެ އިދާރާގައި ހިފަހައްޓާފައިވާ ފައިސާތަކެއްގެ ތެރެއިން 30،000 ޑޮލަރު ގެއްލުނު މައްސަލައެއް ފާހަގަކުރެވިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ގައި ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާ ބެހޭގޮތުން ފާހަގަކުރެވުނު ޖުމުލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހިސާބުތަކުގައި 30،000 ޑޮލަރުގެ ފަރަގެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ފާހަގަކުރެވިފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހަލާކުވެފައިވާ ފައިސާ ވެސް، އެ ފައިސާ ބެހެއްޓިފައިވާ ތަނުން ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.
މީގެ ފަސް އަހަރު ކުރިން ހިފެހެއްޓުނު އެ ފައިސާއަކީ ކޮން މައްސަލައެއްގައި ހިފެހެއްޓި ފައިސާއެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް