ފިލްމު "ޕަރަމް ސުންދަރީ"ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މިއީ ލޯބީގެ ކޮމެޑީ (ރޮމް-ކޮމް) ފިލްމެކެވެ.

ފިލްމުގެ މުހިންމު ކެރެކްޓަރުންނަކީ ސިދާތު މަލޯތްރާ އަދި ޖާންވީ ކަޕޫރެވެ. ސިދާތު ކުޅެނީ ދިއްލީން ކެރެއްލާ އަށް ދާ ޕަރަމްގެ ރޯލެވެ. ޖާންވީ ކުޅެނީ ކެރެލާގެ ނެށުންތެރިއެއް ކަމަށްވާ ސުންދަރީގެ ރޯލެވެ. ޓްރެއިލާގައި ދައްކާ ގޮތުގައި، ދެމީހުން ދިމާވެ ލޯބީގެ ގުޅުމެއް ފެށި ނަމަވެސް، ފަހުން ތަފާތު ސަގާފީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

ޓްރެއިލާގެ އެންމެ ފާހަގަކޮށްލެވޭ ހިސާބަކީ، ސުންދަރީ ރުޅިގަދަވެފައި ޕަރަމް އާއި އޭނާގެ ރަހްމަތްތެރިޔާއަށް "އެރޮގެންޓް، އެންޓައިޓެލްޑް އަދި ޕްރެޖުޑިސްޑް ނޯތު އިންޑިއަންސް" ކަމަށް ބުނެ، ދެކުނު އިންޑިއާގެ ތަރީން ކަމަށްވާ ރަޖްނީކާންތު، މޯހަންލާލް، އަލޫ އަރުޖުން އަދި ޔާޝްގެ ނަންތައް ކިޔައިދޭ މަންޒަރެވެ.

https://youtu.be/fdWnfzsx-ks

މި ޓްރެއިލާއަށް ފޭނުންގެ ފަރާތުން ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ. ގިނަ ބަޔަކު ބުނަނީ މިއީ ގިނަ ދުވަސްތަކަކަށް ފަހު ދައްކާ ރަނގަޅު ރޮމް-ކޮމް ފިލްމެއް ކަމަށާއި، ބޮލީވުޑްގެ ކުރީގެ ރޮމް-ކޮމް ދައުރު އަލުން ފަށައިފި ކަމަށެވެ.

ސިދާތު އަދި ޖާންވީގެ އިތުރުން މި ފިލްމުން ރާޖީވް ކަންޑެލްވާލް އަދި އާކާޝް ދަހިޔާ ވެސް ފެނިގެންދާނެ އެވެ. ދިނޭޝް ވިޖާން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ނެރޭނީ މިމަހުގެ 29 ގައެވެ.