އިންޑިއާގެ އުތުރުގައި އޮންނަ އުއްދަރަކަންދުގައި ފެންބޮޑުވެ ގެއްލުނު 66 މީހުން އަދިވެސް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުއްތަރަކަންދަށް މޫސުން ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި އެ ސަރަހައްދުގައި އޮންނަ ދަރާލީ ވިލެޖު އަޑިޔަށް ގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު އެ ސަރަހައްދުގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާއިރު އެ ސަރަހައްދުން 1300 މީހުން ސަލާމަތް ކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ސަރަހައްދަށް މޫސުން ގޯސްވި ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އޮފިޝަލުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ހާދިސާ ހިނގާން މެދުވެރިވީ ކޯރުތަކެއް ބަންޑުން ވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
އެސްޓީއޯ
ވިޔަފާރި
ރިޕޯޓް
ވިޔަފާރި