ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅު ހޮސްޕިޓަލުގެ މެމޯގްރަފީގެ ހިދުމަތް އިފުތިތާހުކޮށްދެއްވައިފިއެވެ.

އެ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވާފައިވަނީ އެ މަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން އިއްޔެ ހަވީރު އޭދަފުށިއަށް ވަޑައިގެންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެމޯގްރަފީގެ ހިދުމަތް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސްވަނީ މެމޮގްރަފީގެ ހިދުމަތް ދިނުމަށް ހަމަޖައްސަވާ އުރަމަތީގެ ކެންސަރު ސްކްރީނިން ކޮޓަރި ބައްލަވާލައްވައިފައެވެ.

11 އޮގަސްޓު 2025، ބ. އަތޮޅު ހޮސްޕިޓަލުގެ މެމޯގްރަފީގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިފުތިތާހުކޮށްދެއްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ދުރާލާ ބަލިތަކުން ރައްކާވެތިބުމަށް ފަށައިފައިވާ ޕްރޮގްރާމުގެ ދަށުން ކެންސަރު ބަލިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއްވަނީ ދީފައެވެ.

ހެލްތު މިނިސްޓްރީއާއި ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މިންވަރުވަނީ އާންމުވެފައެވެ.