މަގުމަތީގައި އުޅޭ ކުއްތާތައް ހިފުމަށް ދިއްލީގެ ކޯޓަކުން އަމުރުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގެ އެންމެ އިސް ކޯޓުން އިއްޔެ ކޮށްފައިވާ އަމުރުގައި ވާގޮތުން އެ ޝަހަރުގެ މަގުތަކުގައި ދިރިއުޅޭ ހުރިހާ ކުއްތާތަކެއް 8 ހަފްތާ ތެރޭ ހިފައި ހައްޔަރުކޮށް ހިޔާތަކަށް ގެންދާން ޖެހޭނެއެވެ.
ކޯޓުން އަމުރުގައި ވަނީ އެ ޝަހަރުގެ މަގުތަކުގައި ގިނަވެފައިވާ ކުއްތާތަކުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ކުއްތާ ދަތް އެޅުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި ދަތް އެޅުމުގެ ސަބަބުން އެ ސިޓީގައި ރޭބީސްގެ ގިނަ ކޭސްތަކެއް ރިޕޯޓުކޮށްފައިވާކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
އޮފިޝަލުން ވަނީ ދިއްލީގެ މަގުތަކުގައި އުޅޭ ކުއްތާތަކުގެ އާބާދީ އެއް މިލިއަނަށް އަރާފައިވާކަމަށް ބުނެފައެވެ. އަދި އެ އަދަދު އިތުރުވަމުންދާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ކޯޓުން ކޮށްފައިވާ އަމުރުގައި، ކުއްތާތައް ހިޔާތަކުގައި ހައްޔަރުކޮށް ވެކްސިން ދިނުމަށްފަހު ރައްކާތެރިކަން ކަށަވަރުވާ ނަމަ އާންމުން އުޅޭ ސަރަހައްދަށް ދޫކޮށްލުމަށް ހުއްދަ ދީފައެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް