ފުލުހުންގެ ސައިކަލުގައި ޖެއްސި ކާރު ދުއްވި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ރޭ ބުނެފައިވަނީ ހުޅުމާލެގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ފޭސް 1 އާއި 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދާން ފެށުމުން ކާރުން ޖައްސައި ފުލުހުންގެ ސައިކަލު ވައްޓާލާފައިވާ ކަމަށެވެ.
އެ ވަގުތު ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިނުމަށްފަހު މިއަދު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކާރު ދުއްވި ހ. ފިލިމާގެ، އައިކް ހައިޝަމް ހަސަން (18އ) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައިގައި އެ ކާރުގައި އިން އަންހެނަކު ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ އަންހެން މީހާ ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް