މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގައި ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައުލޫމާތައް ބަލައި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"ތަހުގީގު އެއްކޮށް ނިމުމުން ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްސާ ކޮށްދޭނެ ވާހަކަ ދަންނަވަން." ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ އިން ޖޫން 1 ވަނަ ދުވަހުގެ 12:30 އެހާކަންހާއިރު ވަނީ ކަރަންޓު ކެނޑުމަށްފަހު އަނބުރާ ކަރަންޓު ދެވުނީ އެދުވަހު އިރުއޮއްސުނު ފަހުންނެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ކަމާބެހޭ ފަރާތްތަކަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރު ނުވާނޭހެން އެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ކުރާނެ ކަމަށްވެސް އެދުވަހު ރައީސް ވިދާޅުވި އެވެ.
މުޅި މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނު ފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދުވެސް މާލެ އާއި ހުޅުމާލެން 3 ގަޑިއެއްހާ އިރަށްވަނީ ކަރަންޓު ކެނޑިފައެވެ.
އާއިޝަތު މާހާ
ކުށް
ކުށް
އެމެރިކާ